ޖޭއެސްސީގެ ރައީސް ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއ...

18 Jan 2015 | 09:25

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީން ބުނީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަން ބަޔާންކޮށް ކޮމިޝަނަށް ވަނީ އެކަން އަންގަވާފައިި ކަމަށާއި . އެސިޓީފުޅުގައި ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވަނީ އެމަޤާމުގައި ހުރުމަށް އުޒުރުވެރިވާތީކަމުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް