ސައުދުﷲ ނިޔާވި ލޯންޗު އެކްސިޑެންޓާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރޭ

އިއްޔެ ކ. ފޭދޫފިނޮޅު ކައިރީ ހިނގި ލޯންޗު އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ. މި ހާދިސާ ހިނގީ އިއްޔެ ހަވީރު4:20 އެހާއިރު އެވެ. މި ހާދިސާގައި މަޝްހޫރު ...

30 Apr 2023 | 08:28

އިއްޔެ ކ. ފޭދޫފިނޮޅު ކައިރީ ހިނގި ލޯންޗު އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގީ އިއްޔެ ހަވީރު4:20 އެހާއިރު އެވެ. މި ހާދިސާގައި މަޝްހޫރު ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު ވަނީ ނިޔާވެފައި އެވެ.

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މި ހާދިސާގައި ސައުދުﷲ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މި އެކްސިޑެންޓު ހިނގިކަން އަދި ސައުދުﷲ ނިޔާވިކަން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް