ހައި ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކި ކުރަނ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްކުރީ58 މެމްބަރުންގެ ވޯޓޫންނެވެ، ވަކިކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ.
ޖޭއެސްސީން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ދެ ފަނޑިޔާރުން ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ފަނޑިޔާރު ރައޫފާއި ފަނޑިޔާރު ހަމީދު ބައްލަވައިގަނެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް