އޭސީސީއަށް އަހްމަދު ނާޝިދާއި އަބްދުﷲ ނާޝިދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަހްމަދު ނާޝިދާއި އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިއ...

20 Jan 2025 | 15:30

އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަހްމަދު ނާޝިދާއި އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މިއަދު މި ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށް އާންމުންގެ ޝަކުވާއަށް ހުޅުވާލިއެވެ. ޝަކުވާއަށް ހުޅުވާލީ ހެނދުނު 11:00 ހާއިރުގައެވެ. ހުޅުވާލީ ހެނދުނު 11:30 ގެ ކުރިން ޝަކުވާ ހުށަހެޅުމަށެވެ.

އެއަށްފަހު މަޖިލީހުގެ ތަޅުމުން މި ދެން ނަމަށް ވޯޓަށް އަހައި ޖަލްސާގައި އެވަގުތު ތިއްބެވި 67 މެންބަރުންގެ އިއްތިފާގުން އެ ބޭފުޅުން އޭސީސީއަށް އައްޔަންކުރަން ފާސްކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް