އިންފްރާސްޓްރަކްޗަރ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަންކުރައްވާފައިވ...

17 Nov 2023 | 17:52

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު އިނގިރޭސި ވިލާތުގެ ލަންޑަނުން، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާޞިލްކުރެއްވުމަށްފަހު، ފުލުހުންގެ ވަޒީފާއާ ޑރ. ޢަބްދުﷲ މުއްޠަލިބު ގުޅިވަޑައިގަތީ 2009 ވަނަ އަހަރުއެވެ. ޤައުމީ ޚިދުމަތުގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައި ވަނީ ރަށްވެހި ތަރައްޤީއާ ޤައުމު ބިނާކުރުމުގެ ދާއިރާގައެވެ. މިގޮތުން، އެޗް.ޑީ.ސީ އާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މަތީ މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވާފައި ވަނީ، ޖިއޯ ޓެކްނިކަލް އިންޖިއަނިރިންގެ ދާއިރާއިން، އިނގިރޭސިވިލާތުންނެވެ. އެއީ 2020 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް