އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާކިޔާ ސްޓޭޖަށް އަރުވާ މީހުން ﷲއަށް ބިރުވުމަށް ގޮވާލަން: އަލީ ރަމީޒް

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާކިޔާ ސްޓޭޖަށް އެރުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށާއި މިކަންކަން ރާވާ އިންތިޒާމުކުރާ މީހުން ﷲ އަށް ބިރުވެތިވުމަށް ގޮވާލާ ކަމުގައި އަލީ ރަމީޒް ވިދާޅުވެ...

10 Jul 2022 | 15:57

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާކިޔާ ސްޓޭޖަށް އެރުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށާއި މިކަންކަން ރާވާ އިންތިޒާމުކުރާ މީހުން ﷲ އަށް ބިރުވެތިވުމަށް ގޮވާލާ ކަމުގައި އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ އަލީގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ސްޓޭޓަސްއެއްގައެވެ.

އެ ސްޓޭޓަސްގައި ބުނެފައިވާގޮތުގައި ގާނޫނު ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް 16 އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް އެ މުޑުދާރު ނަޖިސް އަމަލު ހިންގާފައިތިބޭ ވަކި ބަޔަކު މިނިވަންކަމާއެކު އުޅެމުންދާކަން އަލީ ފާހަގަކުރައްވާފައިވެއެވެ.

" އޭގެތެރެއިން އެއް ބަޔަކު ސޯޝަލް މީޑިއާގައި ހަމަ ކުރިޔެކޭވެސް އެއްގޮތަށް އެކްޓިވްކޮށް. އަނެއްބަޔަކު ޢީދު ފާހަގަކުރުމުގެ ނަމުގައި ރަށްރަށަށް ގޮސް ނަށައި ނާޗަރަންގީ ކުޅެމުންދަނީ." އަލީ ވިދާޅުވެފައިވެއެވެ.

އަލީ މިހެން ވިދާޅުވެފައިވާއިރު ޓިކްޓޮކް ތަރި ޝިފާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މި ފަހުން ޝޯޝަލް މީޑިއާއަށް ތިލަވިއެވެ. އެ ވީޑިއޯތައް ތިލަވިފަހުން ޝިފާ ސޯޝަލް މީޑިއާއިން ގެއްލުނު ނަމަވެސް މި ޢީދުގައި ދިއްފުށީގައި ބޭއްވި ޢީދު ޝޯގައި ޝިފާ ވަނީ ޕާފޯމް ކޮށްފައެވެ. އެ ރަށު ރައްޔިތުންނާއި ރާއްޖޭގެ އާންމުން ހިމެނޭހެން އެކަމަށް ފާޑުކިޔަމުން އަންނައިރު އިތުރު ޝޯއެއްގައި ބައިވެރިވުމަށް ޝިފާ ލ. ހިތަދުއަށް މިހާރު ފުރާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް