ސޫ އަތުން ނޮބެލް ސުލްހައިގެ އިނާމު އަތުލަން ޖެހޭ، މުސްލިމް ގައުމުތަކުން ތެދުވަން ޖެހޭ: އާޔަތުﷲ ޚާމަނާއީ

މިޔަންމާގެ ލީޑަރު އައުން ސަން ސޫ ކީ އަށް ލިބިފައިވާ ނޮބެލް ސުލްހައިގެ އިނާމަކީ މިހާރު ބާތިލް އެއްޗެއް ކަމަށާއި މުސްލިމް ގައުމުތަކުން މިޔަންމާއާއި ދެކޮޅަށް ތެދުވަން އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލ...

12 Sep 2017 | 21:56

މިޔަންމާގެ ލީޑަރު އައުން ސަން ސޫ ކީ އަށް ލިބިފައިވާ ނޮބެލް ސުލްހައިގެ އިނާމަކީ މިހާރު ބާތިލް އެއްޗެއް ކަމަށާއި މުސްލިމް ގައުމުތަކުން މިޔަންމާއާއި ދެކޮޅަށް ތެދުވަން އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި ވިދާޅުވެއްޖެ އެވެ.

މިޔަންމާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޚާމަނާއި ވީދާޅުވީ ހައްދު ފަހަނައަޅާފައިވާ އަނިޔާވެރި ސަރުކާރެއްގައި، ނޮބެލް ސުލްހައިގެ އިނާމު ހިފައިގެން ހުރެ އަނިޔާވެރި އަންހެނަކު އެދަނީ އެތައް ރައްޔިތުންނެއް މަރަމުން ކަމަށެވެ. އަންދަމުން ކަމަށެވެ. ގެތައް ސުންނާފަތި ކުރަމުން ކަމަށެވެ. އެހެނަސް ދެކޮޅަށް ބަޔަކު މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

އދ އިން ހާމަކޮށްފައިވާގޮތުގައި އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް ތިން ލައްކަ 70 ހާހަށްވުރެ ގިނަ މީހުން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައި ވެ އެވެ.

ޚާމަނާއީ އިތުރަށް ވިދާޅުވީ ހައްލަކަށް ވާނީ މުސްލިމް ގައުމުތަކުން މިޔަންމާއާއި ދެކޮޅަށް ތެދުވުން ކަމަށެވެ. ތެދުވުމުގެ މާނައަކީ ހަނގުރާމަ އިއުލާނު ކުރުން ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ގައުމުތަކުން މިޔަންމާއަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް