ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ

ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދުކަން އެނގިއްޖެ އެވެ. މިއަދު ހަވީރު4:40 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެގެން...

29 Apr 2023 | 18:16

ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދުކަން އެނގިއްޖެ އެވެ.

މިއަދު ހަވީރު4:40 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ސައުދުﷲ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލޯންޗު އެކްސިޑެންޓުވި ސަބަބު އަދިވެސް ނޭނގެ އެވެ.

އުމުރުން53 އަހަރުގެ ސައުދުﷲ އަކީ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުންޏަކީ ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތް ކުރާ ކުންފުންޏެކެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރު ސައުދުﷲގެ ސަސް އީ ކުންފުނިން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ހިއްކައި އަދި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ކްރޮސްރޯޑްސްގެ އިތުރުން ބައެއް ރިސޯޓުތައް ހިމެނެ އެވެ.

އެ ކުންފުނި އުފެއްދުމުގެ ކުރިން އޭނާ ވަނީ އަމިން ކޮންސްޓްރަކްޝަނާއި ރެއިންބޯ އެންޓަޕްރައިސަސްގައި މަސައްކަތް ކުރައްވާފައި އެވެ.

ސައުދުﷲ އިރުއޮއްސޭއިރު ނިޔާވި ނަމަވެސް ޖަނާޒާ ބާއްވާ ގަޑިއެއް އަދި އާއިލާއިން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް