ދިރާގުގެ ބޯޑު މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އައްޔަން ކޮށްފި އެވެ.
މިކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
އެ ބޯޑުން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ސަރުކާރު ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އަބްދުﷲ އަބްދުއްރަހީމަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރުކަން އަބްދުﷲ އަބްދުއްރަހީމް ކުރެއްވީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށެވެ.
އޭނާ އެފަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވީ ޑީއާރްޕީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިއެވެ. އަބްދުﷲ އަބްދުއްރަހީމަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް