ޕްލެޓްފޯމްތަކުގައި ހުތުރު އެއްޗެތި ގޮވައި ޒުވާބުކުރަމުންދާ އެންމެން ﷲ އަށް ބިރުވެތިވެ ހުއްޓާލުމަށް ނަސޭހަތްތެރިވަން: އަލީ ރަމީޒް

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުތުރު އެއްޗެތި ގޮވައި ޒުވާބުކުރަމުންދާ އެންމެން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް އަލީ ރަމީޒް ނަސޭހަތްތެރިވެއްޖެއެވެ. އަލީ އެކަމަށް ނަސޭހަތްތެރިވެފައިވަނީ އޭނާގެ ...

18 Jan 2025 | 10:32

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުތުރު އެއްޗެތި ގޮވައި ޒުވާބުކުރަމުންދާ އެންމެން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް އަލީ ރަމީޒް ނަސޭހަތްތެރިވެއްޖެއެވެ.

އަލީ އެކަމަށް ނަސޭހަތްތެރިވެފައިވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އިއްޔެ ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އަލީ ބުނެފައިވަނީ ޓިކްޓޮކާއި އެހެނިހެން ޕްލެޓްފޯމްތަކުގަ އެކަކު އަނެކަކާ ދިމާލަށް ހިތަށް އައިހާ ހަޑި ހުތުރު އެއްޗެތި ގޮވައި ޒުވާބު ކުރަމުންދާ އެންމެން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވާކަމަށެވެ.

އަދި އެކަމުގައި އެމީހުންނަށް ހިތްވަރުދީ، އެ ލައިވްތަކާއި، އެ ހަޑި މުޑުދާރު ވީޑިއޯތައް އާންމުންގެ ތެރޭގައި ފެތުރުން ހުއްޓާލައި، މި އިސްލާމީ މުޖްތަމައުގެ ލަދުވެތިކަމާއި ޣީރަތްތެރިކަމުގެ ފޭރާން ވީދައި، ފުނޑުފުނޑުވާ ފަދަ އެންމެހައި އަމަލުތައް ހުއްޓާލުމަށްވެސް އަލީ ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް