އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދެފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު  ހައްޔަރުކުރި މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސިޓީއެއް ފޮނުވައިފި އެވެ. ކ. ތުލުސްދޫ ބިނާ، އަބްދުﷲ  ޝަރީފުގެ ނަ...

15 Jan 2015 | 08:34

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު  ހައްޔަރުކުރި މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސިޓީއެއް ފޮނުވައިފި އެވެ.

ކ. ތުލުސްދޫ ބިނާ، އަބްދުﷲ  ޝަރީފުގެ ނަމުގައި އުއްތަމަ ފަނޑިޔާރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މައްސަލަ އަވަހަށް ނިންމައިދިނުމަކީ  އެމައްސަލަ ރައްދުވާ ފަރާތްތަކަށާއި އަދުލު އިންސާފު ގާއިމް ކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އޭނާ ފޮނުވި ސިޓީގައި ވަނީ އެ މައްސަލަ އަކީ ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާއި ގުޅިފައިވާ ކަމެއްކަމުން ވީހާވެސް އަވަހަކަށް އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

މައްސަލަ ލަސްވުމުގެ ސަބަބުން އެތަކެއް ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށާއި،  އިންސާފުލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ދެކެވޭނެ ކަމަށް ސިޓީޣައި ބުނެފައިވެ އެވެ.

ޝަރީފްގެ ސިޓީގައި ބުނެފައިވަނީ އެ މައްސަލަ ބެލުން ލަސްވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައަކީ އިންސާނީ ހައްގުތަކާއި އަދުލު އިންސާފާއި ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ބުނެފައިވާ ކަމަށެވެ.

އެ ސިޓީ ސުޕްރީމް ކޯޓުން ބަލައިގެތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް