މުސްތަފާ އާއި ސައުދުﷲ އަދި ޝާހުގެ ގޮނޑިގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި، މުހައްމަދު މުސްތަފާ އާއި ސައުދުﷲ ހިލްމީ އަދި އަލީ ޝާހްގެ ގޮނޑި ގެއްލިއްޖެ އެވެ. މި ތިން މެމްބަރުންގެ ގޮނޑި ގެއްލުނީ ޕީޕީއެމުން އެދިގެން، ރައްޔިތ...

31 Oct 2017 | 10:58

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި، މުހައްމަދު މުސްތަފާ އާއި ސައުދުﷲ ހިލްމީ އަދި އަލީ ޝާހްގެ ގޮނޑި ގެއްލިއްޖެ އެވެ.

މި ތިން މެމްބަރުންގެ ގޮނޑި ގެއްލުނީ ޕީޕީއެމުން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް މިއަދު އެންގުމުންނެވެ.

މެމްބަރުކަން ގެއްލިއްޖެ ކަމަށް މިފަހަރު އީސީން ކަނޑައެޅީ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އީސީން މި ނިންމުން ނިންމާފައިވާއިރު، މި މެމްބަރުން ވަނީ މާ ކުރިން ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަލުން ސުކޫލީ މައްސަލަ ބަލައި ޕާޓީން ވަކިކުރީ ހޮނިހިރު ދުވަހުގަ އެވެ.

މި ތިން މެމްބަރުން ޕީޕީއެމް އިން ވަކި ކުރި މައްސަލައިގާ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބުނެފައިވަނީ ތިން މެމްބަރުން ޕީޕީއެމުން ވަކިކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށް، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް