”الله اكبر“މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް ބޮޑު ކަމަކަށް ނުވާނެ: ޑރ. ޝަމީމް

”الله اكبر“ މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވާނެ ކަމަށާއި އަދި ދުނިޔޭގެ ކަންބޮޑުވުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް އެމީހަކަށް ނުވާނެ ކ...

03 Nov 2024 | 14:23

”الله اكبر“ މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވާނެ ކަމަށާއި އަދި ދުނިޔޭގެ ކަންބޮޑުވުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް އެމީހަކަށް ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އޮތް، ”ކަލަކުވޭ ބިރުވެތިވޭ“ ދަރުހުގައި ވާހަކަ ދައްކަވަމުން ޝެއިޚް ޝަމީމް ވިދާޅުވިގޮތުގައި، ”الله اكبر“ މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވާނެ ކަމަށާއި އަދި ދުނިޔޭގެ ކަންބޮޑުވުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް އެމީހަކަށް ނުވާނެ ކަމަށެވެ.

މުޖުތަމަޢުގައި އާއްމު ވެފައިވާ ފަސާދަތަކާއި ކުށްތަކުގެ މައްޗަށް އަލިއަޅުވާލަމުން ޝެއިޚް ވިދާޅުވީ ހައްގަކާއި ނުލައި މީހުން މަރައި، މީހުންނަށް އަނިޔާ ދިނުމާއި، އަންހެނުންނާއި ފިރިހެނުން ކައިވެނި ނުކޮށް ”ކައިވެނި ކޮށްގެން“ އުޅުމާއި، ނުހައްގުން އަނެކާގެ މުދާ ފޭރުން ފަދަ ކަން ކުރާ މީހަކަށްހުރި އުގޫބާތް ބޮޑުކަމަށެވެ.

ޝެއިޚް ވިދާޅުވީ މާތްالله ވަހީ ބަސްފުޅުތަކުން އެނގޭ ގޮތުގައި ނަރަކައިގެ ދަރަކީ އިންސާނުންނާ ހިލަ ކަމަށެވެ. އަދި އެ ނަރަކަ މަތިން ހުރަސް ކުރަން ނުޖެހޭނެ އެއްވެސް އިންސާނަކު ނުވާނެ ކަމަށެވެ.

އެހެންކަމުން އަބަދު ވެސް މުންކަރާތެއް ކުރުމުން ލިބޭނެ އަޒާބާމެދު އައިސްފައިވާ ވައީދުގެ ބަސްތައް އަޑުއަހައި ހަނދާންކުރުން މުހިންމު ކަމަށް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ބަންގީގެ ކަލިމަތަކާމެދު ފުންކޮށް ވިސްނާ މީހުން މަދު ކަމަށާ، ބަންގި ގޮވަމުން ދާއިރުވެސް ފާފަތަކަށް އަރައިގަންނަމީހުން އެކަމުގައި އުޅެމުންދާ ކަމަށެވެ. އަދި މިއަދު މުސްލިމުންގެ މައްސަލައަކީ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ދައްކާއިރު، އެމީހެއްގެ ވާހަކަ އެމީހަކަށް ދެއްކޭ މިންވަރު މަދުވުންކަމަށެވެ. އަދި ”އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސާއި މެދު މާ ބޮޑަށް ޣާފިލުވެފައިވާކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

އަދި އެފަދަ މީހަކަށް ތަޙަންމަލް ނުކުރެވޭވަރުގެ އިމްތިޙާނެއް މި ދުނިޔެމަތީގައި ނާންނާނެ ކަމަށާއި އެ ކަލިމަ ހަނދާނަށް އައުމުން އޭނާގެ ހުރިހާ ކަންބޮޑުވުމެއް ފިލައިގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން، އެންމެހައި މުސްލިމުންވެސް، މާތް الله މަޢުރިފާކޮށް ދަސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް