ސްޕޯޓްސް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ރާފިއު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ރާފިއު އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ޑރ. އަބްދުﷲ ރާފިއު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖި...

17 Nov 2023 | 15:51

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ ރާފިއު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. އަބްދުﷲ ރާފިއު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވަނަވަރަށް ބަލާލާއިރު ސްޕޯޓްސް މެޑިކަލްގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ. ޢަބްދުﷲ ރާފިޢަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަވާ، އަދި ކަސްރަތާ ހަށިހެޔޮކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޤްބޫލު ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް