ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން ހިޔާލު ތަފާތުވިޔަސް މިސްކިތްތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އިސްލާޟިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓޤރީން މިހެން ބުނީ އިސްލާމީ މަރުކަޒު ފާރުގަިއ ހުތުރު ބަހުން އެއްޗެހި ލިޔެފައިވާ މައްސަލައިގަ އެވެ. އެ ތަންތަން ފޮހެ އަލުން ކުލަލުމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒަފުން މިހާރު ދަނީ ކުރަމުންނެވެ.
އެ މިނިސްޓްރީން ބުނީ މިސްކިތްތަކަކީ މާތް ﷲ ގެ ގެކޮޅު ކަމަށާއި މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. ހިތްހަމަ ނުޖެހުންތަކާއި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އިސްލާމް ދީނާއި ދީނުގައި ހުރުމަތްތެރިކޮށްފައިވާ ތަންތަނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
"މިސްކިތްތަކަކީ އިސްލާމް ދީނުގައި ހުރުމަތްތެރި ކުރަށްވާފައިވާ ތަންތަން، އެއީ ބިންމަތީގައި ﷲގެ ގެކޮޅު، ބިންމަތީގައި އިމާރާތް ކުރެވޭނެ އެންމެ މުގަށްދަސް ބިނާކަން އެންމެންވެސް ދަންނަންޖެހޭ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒު ފާރުގައި ހުތުރުބަހުން ލިޔުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް