މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ،އައު އަހަރާއި ދިމާކޮށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ޕާޓްނަރެއްގެ ގޮތުގައި އޫރިދޫ ހަމަޖައްސައިފިއެވެ.
މިރޭ20:00 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ތަފާތު ސްޓޯލްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އޭގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ދާ މި ފެސްޓިވަލްގައި އޫރިދޫގެ "ލަކީ ޑްރޯ" ތަކުން މޮޅު ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޫރިދޫ މޯލްޑިވްސް އިން ބުނެއެވެ.
އެގޮތުން އޫރިދޫގެ ދިހަ މައިފައިގެ އިތުރުން އެއް އެއަރ ފައިބާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އޫރިދޫއިން ބުނެއެވެ.
އެމްއެމްޕީއާރްސީގެ އިސްނެގުމާއި އެކު ބާއްވާ މި ހަރަކާތަކީ، އޫރިދޫ، މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗްޑީސީ، މައިހުޅުމާލެ، ބީސީސީ، މާލެ ސިޓީ ކައުންސިލް، ވެމްކޯ، ޕީއެސްއެމް،އެމްއޭސީއެލް، ދިރާގު، މަންޓާ އެއާ، މޯލްޑިވިއަން، އޭސް ޓްރެވަލްސް، ގަލްފް އެއާގެ އިތުރުން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް