މޫސުން ގޯހަސް ހަވާ އެރުވުން އަދި ކެންސަލް ނުވޭ

އާ އަހަރު ފާހަގަކުރަން މިރޭ ބާއްވާ ހަރަކާތްތަކުގައި ހަވާއެރުވުން އަދި ކެންސަލް ނުވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ މިއަދުވެސް މާލެ ސަރަހައްދަށް ވާރޭ ވެހި އަ...

31 Dec 2024 | 14:04

އާ އަހަރު ފާހަގަކުރަން މިރޭ ބާއްވާ ހަރަކާތްތަކުގައި ހަވާއެރުވުން އަދި ކެންސަލް ނުވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ މިއަދުވެސް މާލެ ސަރަހައްދަށް ވާރޭ ވެހި އަދި މިރޭވެސް ވާރޭ ވެހޭނެކަމަށް ބެލެވޭއިރު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ "އަދި ކެންސަލް ނުވާ" ކަމަށެވެ.

އާ އަހަރު ފާހަގަކުރުމަށް މިރެއާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ.

މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ޑްރޯން ޝޯއަކާއި ބޮޑުބެރާއި ދަފި ނެގުމުގެ އިތުރުން އައު އަހަރުގެ ކައުންޓްޑައުންއާއި ހަވާއެރުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް