އާ އަހަރުގެ ފުރަތަމަ ދެ ދުވަހު މުޅި ރާއްޖެއަށް އޮތީ ގަދަ ވަޔާއެކު ވިއްސާރަ

މި ފެށޭ އާ އަހަރުގެ ފުރަތަމަ ދެ ދުވަހު މުޅި ރާއްޖެއަށް އޮތީ ގަދަ ވަޔާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނީ މާދަމާ (ބުދަ) އަދި އަނެ...

31 Dec 2024 | 12:29

މި ފެށޭ އާ އަހަރުގެ ފުރަތަމަ ދެ ދުވަހު މުޅި ރާއްޖެއަށް އޮތީ ގަދަ ވަޔާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނީ މާދަމާ (ބުދަ) އަދި އަނެއް ދުވަސް (ބުރާސްފަތި) ދުވަހު އުތުރާއި މެދުރާއްޖެ އަދި ދެކުނުގެ ރަށްތަކަށްވެސް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށެވެ.

މެޓުން މިއަދު ހެނދުނު ބުނެފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން، އާ އަހަރު ބަންދުތެރޭގައި (ޖަނަވަރީ އެކަކުން ޖަނަވަރީ ފަހަކަށް) ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް