ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރަށް- އޭނާ ބުނަނީ އެއީ ބިދޭސީމީހާ އޭނާއަށް ދޭން ޖެހޭ ފައިސާތަކެއް ކަމަށް!

ބިދޭސީއަކަށް ވަޅިން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށަށް ނިސްބަތްވާ24އ ގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާއި މެދ...

31 Dec 2024 | 10:30

ބިދޭސީއަކަށް ވަޅިން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށަށް ނިސްބަތްވާ24އ ގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ ޒުވާނާގެ މައްޗަށް ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅިފައިވާ ކަމަށާއި ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަައުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ކަމަށް ފެންނާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރީ ކަމަށެވެ.

މި މައްސަލައިގައި އޭނާ ބުނަނީ ފައިސާ ނުފޭރޭ ކަމަށާއި އެއީ ބްގްލަދޭޝް މީހަކު އޭނާއަށް ދޭން ޖެހޭ ފައިސާއެއް ކަމަށެވެ. އަދި ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ކަމަށް އޭނާ ވަނީ ކޯޓުގައި އިންކާރުކޮށްފައެވެ.

އޭނާއަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް