އައު އަހަރު ފާހަގަ ކުރުމަށް ސެންޓްރަލް ޕާކްގައި މިރޭ ހަވާ އަރުވާ ދޭނަން: އެމްއެންޑީއެފް

މީލާދީ އައު އަހަރު ފާހަގަ ކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ފަސް މިނެޓަށް ކަމަށެވެ. އަދި މ...

31 Dec 2024 | 10:14

މީލާދީ އައު އަހަރު ފާހަގަ ކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ފަސް މިނެޓަށް ކަމަށެވެ. އަދި މިރޭ ހަވާ އަރުވާނީ23:59 ގައި ކަމަށެވެ.

އެމްއެންޑީއެފުން ވަނީ މި މަހު26 ވަނަ ދުވަހު ވެސް ފަރިތަ ކުރުމުގެ ގޮތުން ހަވާއަރުވާފައެވެ.

26 ވަނަ ދުވަހުގައި ހަވާ އަރުވާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

އަދި މި މަހު27 ވަނަ ދުވަހު ވަނީ މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ވިޔަފާރީ އުސޫލުން ހަވާއަރުވާފައެވެ.

މިލާދީ އައު އަހަރު ފާހަގަ ކުރުމަށް ކޮންމެ އަހަރުހެން އެމްއެންޑީއެފުން މާލެ ސަރަހައްދުތަކާއި ރިސޯޓު ސަރަހައްދު ތަކުގައި ހަވާއަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް