ލަންކާ ކައިރީގައި ކޮޅިގަނޑެއް – އާ އަހަރުގެ ބަންދުތެރޭގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން އާ އަހަރު ބަންދުތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖ...

31 Dec 2024 | 04:52

ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން އާ އަހަރު ބަންދުތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ މޫސުމީ ޚަބަރެއްގައެވެ.

މޫސުމީ އެ ޚަބަރުގައި ބުނެފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން، އާ އަހަރުގެ ބަންދުތެރޭ (ޖަނަވަރީ 01 އިން 05 އަށް) ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށެވެ.

"ވައިޖެހޭނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭ، އެހެންކަމުން ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ނިމުތުކުރެވޭ" މެޓުން ބުނެފައިވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މެޓުން ނެރެމުންދާ އެންމެ ފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަން ދިނުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް