މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ބާއްވަން ރޭވި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ބާއްވަން ރާވާފައިވާ ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓުން ބުނީ "ދިވެހީންގ...

31 Dec 2023 | 04:21

މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ބާއްވަން ރާވާފައިވާ ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓުން ބުނީ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ހަރަކާތްތައް މޫސުމާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ މިނިސްޓްރީން ނިންމާފައިވަނީ ހަމައެކަނި ރޭގަނޑުގެ ހަރަކާތްތައް ކެންސަލް ކުރުމަށެވެ. އެގޮތުން ރޭގަނޑު ބާއްވަން ރޭވި މިއުޒިކް ޝޯއާއި، ލޭޒާ ޝޯ އަދި ހަވާއެރުވުމުގެ ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި ވާހަކަ ހުކުރު ދުވަހު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އަދި އެ ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ރ އަތޮޅުން ފެށިގެން ވ އަތޮޅަށް މިއަދު ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް