އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހު ހިދުމަތުގައި ކޭޝް ކާޑް ބޭނުންކުރަން ފެށުމަށް އެ ހިދުމަތުގެ ޓެސްޓުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިސާ ކާޑު އަދި މާސްޓާ ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކުމުގެ ހިދުމަތް ފެށުމަށްޓަކައި ޓެސްތުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި މި ޓެސްޓް ދަތުރުތައް ކުރިއަށްދާނީ ޖަނަވަރީ 1 އަދި 2 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
މާލެ ތެރޭގައި ކުރާ މިނީ ބަސް ދަތުރަށް ނަގަނީ 7 ރުފިޔާ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް