2023 ވަނަ އަހަރުގެ ފުރަތަމަ ބުރާސްފަތީގައި ފަސް ގުރަހައެއް ދުނިޔެއަށް ފެންނާނެ!

ކުރިއަށް އޮތް ބުރާސްފަތީގެ ރޭގަނޑުގެ ފަޒާއިން ހަމަލޮލުން ފަސް ގުރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް  ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން ދުރުމިއަކާއިނުލާ ފުރަތަމަ ފަސް ގުރަހަ ފެންނާނެކަމުގައާއި...

31 Dec 2022 | 16:22

ކުރިއަށް އޮތް ބުރާސްފަތީގެ ރޭގަނޑުގެ ފަޒާއިން ހަމަލޮލުން ފަސް ގުރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް  ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ދުރުމިއަކާއިނުލާ ފުރަތަމަ ފަސް ގުރަހަ ފެންނާނެކަމުގައާއި އެހެންނަމަވެސް އިރާއި އެންމެ ދުރުގައިވާ ޔުރެނަސް އަދި ނެޕްޓިއުން ފެނިގެންދާނީ ދުރުމިއަކުން އެކަނިކަމުގައި ބީބީސީގެ ރިޕޯޓުގައިވެއެވެ. ދުނިޔެއަށް ގުރަހަތައް ސާފުކޮށް ފެންނާނެކަމަށް ބެލެވޭ ވަގުތަކީ އިރުއޮއްސުމާއި ވިދިގެން އަންނަ ވަގުތުތަކުގައިކަމަށްވެސް ޙަބަރުތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގުރަހަތައް ރީތިކޮށް ފެނިގެންދާނީ ދުނިޔޭގެ ދެކުނާއި ދެކުނު ޔޫރަޕްގެ ގައުމުތަކަށާއި އީކުއޭޓަރގައި ހިމެނޭ ޤައުމުތަކަށެވެ.  އަދި ތަރިތަކާއި ޙިލާފަށް ގުރަހަތަކެއް ނުވިދާނެއެވެ. އެހެންނަމަވެސް އެންމެ އަލިގަދަކޮށް ފެންނާނީ ވީނަސް ސެޓާރން އާއި ޖުޕިޓާރ ކަމަށާއި މާރސްގައި ސެލްމޮން ރަތެއް ހުންނާނެކަމުގައިވެސްފާހަގަކޮށްފައިވެއެވެ.

ދުނިޔެއަށް ގުރަހަތައް ފެނުމުގެ މި އަޖައިބުކުރަނިވި ފިނޯމިނާ އަށް ސައިންސްވެރިން ދީފައިވާ ނަމަކީ ‘ޕްލެނެޓް ޕެރޭޑް’ އެވެ. އަދި އެންމެފަހުން ދުނިޔެއަށް މިގޮތަށް ފެނިފައިވަނީ މިއަހަރުގެ ޖޫންމަހުކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް