ނޭޕާލް އިން މިއަހަރު ގުންމުންދަނީ 2079 ވަނަ އަހަރު!

މިރެއަކީ އަހަރެމެން 2023 ވަނަ އަހަރަށް މަރުހަބާ ކިޔާނެ ރެއެވެ. އެހެން ނަމަވެސް ސޯލަރ ކަލަންޑަރާއި ޙިލާފަށް ނޭޕާލްގެ ސަގާފަތުގައިވާ ގޮތުން އެމީހުންގެ އާ އަހަރު ފެށިގެންދަނީ ކޮންމެ އަހަރެއްގެވެސް އެޕްރީ...

31 Dec 2022 | 16:15

މިރެއަކީ އަހަރެމެން 2023 ވަނަ އަހަރަށް މަރުހަބާ ކިޔާނެ ރެއެވެ. އެހެން ނަމަވެސް ސޯލަރ ކަލަންޑަރާއި ޙިލާފަށް ނޭޕާލްގެ ސަގާފަތުގައިވާ ގޮތުން އެމީހުންގެ އާ އަހަރު ފެށިގެންދަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.  އެގޮތުން ‘ބިކްރަމްސަމްބަތް’ ގެ ނަމުން ނަންދެވިފައިވާ ނޭޕާލްގެ ޙާއްސަ ކަލަންޑަރުގެ ތާރީޙް މީލާދީ ތާރީޙަށްވުރެ 56 އަހަރު އިތުރެވެ.

ނޭޕާލްގައި އޮންނަނީ ލޫނީ-ސޯލާ ކަލަންޑަރެކެވެ. އެގޮތުން އިނގެރޭސިން މީލާދީ ތާރީހު ހަމައެކަނި ސޯލާއަށް ބަލައި ލިޔާގޮތާއި އިދިކޮޅަށް އެޤައުމުގެ އަހަރު ގުނާގޮތް ތަފާތެވެ. އެގޮތުން މީލާދީ ތާރީޙުން ނޭޕާލީއަށް ބަދަލުކުރާނަމަ ފަންސާސް ހަ އަހަރާއި އަށް މަހާއި ސަތާރަ ދުވަސް މީލާދީ ތާރީޙާއި އެއްކޮށްލުމުން ހޯދޭނެއެވެ.

ނޭޕާލަކީ ދުނިޔޭގެ ގިނަ ޤައުމުތަކާއި އެކި ގޮތްގޮތުން ތަފާތު ޤައުމެކެވެ. އެގޮތުން ނޭޕާލްގެ ޤައުމީ ދިދައިގެ ބައްޓަމަކީވެސް ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގެ ދިދައިގެ ބައްޓަމާއިތަފާތުކޮށް ދެ ތިނެސްކަނުގެ ބައްޓަމުގެ ދިދައެކެވެ. އަދި އެޤައުމުގެ ސަގާފަތުގެ ތެރެއިން ތާރީޙް ގުނުމަށް ޙާއްސަ ތަފާތު ފޯމެޓެއް އޮތް ނަމަވެސް ބައިނަލްއަޤްވާމީ ކަންކަމުގައާއި ފޯމްޑޮކިއުމެންޓުތަކުގައި މީލާދީ ތާރީޙު ބޭނުންކުރާކަމަށްވެސްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް