ހާރޝޭސް ޗޮކްލެޓުން ދަގަނޑުކޮޅެއް ފެނުނު މައްސަލާގައި އެމެރިކާއިން ފިޔަޥަޅު އަޅަނީ!

މަޝްހޫރު ޗޮކްލެޓް އުފައްދާ ކުންފުންޏެއްކަމުގައިވާ ހާރޝޭސްގެ ޗޮކްލެޓަކުން ދަނގަނޑުކޮޅެއް ފެނުނު މައްސަލަ އެމެރިކާގެ ކޯޓަށް ހުށަހަޅައިފިއެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ހާރޝޭސް ޑާރކު ޗޮކުލެޓަކުން ދަގަނޑު...

31 Dec 2022 | 16:02

މަޝްހޫރު ޗޮކްލެޓް އުފައްދާ ކުންފުންޏެއްކަމުގައިވާ ހާރޝޭސްގެ ޗޮކްލެޓަކުން ދަނގަނޑުކޮޅެއް ފެނުނު މައްސަލަ އެމެރިކާގެ ކޯޓަށް ހުށަހަޅައިފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ހާރޝޭސް ޑާރކު ޗޮކުލެޓަކުން ދަގަނޑުކޮޅެއް ފެނިފައިވަނީ ކްރިސްޓޮފަރ ލަޒައްޒަރޯ ނަމަކަށް ކިޔާ އެމެރިކާގެ ރައްޔިތަކަށެވެ. އަދި ހާރޝޭސްއާއިދެކޮޅަަށް ކޯޓަަށް މައްސަލް ގެންގޮސްފައިވަނީވެސް އެފަރާތުންނެވެ.

ލަޒައްޒަރޯގެ ބަޔާނުގައި ވާގޮތުގައި ހާރޝޭސްގެ ތިން ޗޮކްލެޓަކުން ދަގަނޑުގެ ދެބާވަތެއް ކަމުގައިވާ ލެޑާއި ކެޑްމިއަމް ފެނުނުކަމުގައިކަމަށް ޙަބަރުތަކުގައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ހާރޝޭސް ކުންފުނީގެ އެއްވެސް ބަހެއް ލިބިފައިނުވާ ކަމަށާއި ލަޒައްޒަރޯ އަށް އެކަން އެނގިފައިވާނަމަ ނުގަތީސް ކަމުގައި އޭނާ ބުނެފައިވާކަމަށްވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުން ޔޫއެސް މެގަޒިން ކޮންސިއުމަރސް ރިޕޯޓު (ސީއާރް) ގެ ފަރާތުން 28 ޗޮކްލެޓް ބޭނުންކޮށްގެން ހެދި ދިރާސާގައިވެސް 23 ޗޮކްލެޓުގައި އެދެމާއްދާ ހިމެނޭކަމަށް ސީއާރްއިން ޝާއިއު ކޮށްފައިވާ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް