ޕްރިމިއާ ލީގު: ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ޔުނައިޓެޑު ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗެސްޓަރ ޔުނައިޓެޑް ގަދަ ހަތަރަކަށް ޖެހިލައިފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑު މޮޅުވީ 1-0 ންނެވ...

31 Dec 2022 | 16:00

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މެންޗެސްޓަރ ޔުނައިޓެޑް ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑު މޮޅުވީ 1-0 ންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.

ފަހު ހާފަށް ކުޅެން ނިކުމެ މެޗުގެ 46 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އަލެހާންޑްރޯ ގަނާޗޯގެ ބަދަލު މާކަސް ރަޝްފޯޑް ކުޅެން އަރުވާފައެވެ. މި ބަދަލާއި އެކު ޔުނައިޓެޑުގެ ކުޅުން އިތުރަށް ވަރުގަދަވިއިރު، މެޗުގެ 76 ވަނަ މިނެޓުގައި ޔުނައިޓެޑު މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކުއެވެ. އޭގެ ފަހުން 84 ވަނަ މިނެޓުގައި ރަޝްފޯޑު ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަނެފައެވެ.

މި މެޗުން މޮޅުވެ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކަށް ޖެހިލިއިރު، އެ ޓީމު ގަދަ ހަތަރަކަށް އެރީ ކުޅުނު 16 މެޗުން ލިބުނު 32 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް