ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެޗްޑީސީގެ ފަރާތުން އުފާވެރި ވަގުތުކޮޅެއް

އެޗްޑީސީން ފަރުކޮޅުފުށީގައި ފިޔަވަތީގެ ކުދިންނަށް “ފިޔަވަތި ފަންޑޭ” ގެހަ ނަމުގައި އަހަރީ ހަވީރެއް ބާއްވައިދީފިއެވެ. ފިޔަވަތި، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލާ މަރުކަޒުގެ ކުދިންނަށް އެޗްޑީސީގެ ފަރާތ...

31 Dec 2022 | 12:47

އެޗްޑީސީން ފަރުކޮޅުފުށީގައި ފިޔަވަތީގެ ކުދިންނަށް “ފިޔަވަތި ފަންޑޭ” ގެހަ ނަމުގައި އަހަރީ ހަވީރެއް ބާއްވައިދީފިއެވެ.

ފިޔަވަތި، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލާ މަރުކަޒުގެ ކުދިންނަށް އެޗްޑީސީގެ ފަރާތުން ދިޔަވަތި ކުދިންނަށް މިނޫން އިތުރު ގިން ހަރަކާތްތަކެއް ބޭއްވަމުންދާކަމަށް އެކޯޕަރޭޝަނުން މީޑިއާއަށް މައުލޫމާތުދެއެވެ.  ފިތަވަތީގެ ކުދިންގެ މޫނުތަކުން އެޗް ޑީ ސީގެ މިފަދަ  ހަރަކާތްތަކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ފެނުމަކީ އެޗް ޑީ ސީގެ ޓީމަށްލިބޭ އުފަލެއްކަމުގައި އެފަރާތްތަކުން ބުނެއެވެ.

ހުކުރު ދުވަހުގެ ހަވީރު ފިޔަވަތީގެ ކުދިންނަށް ބޭއްވުނު ހަވީރުގައި ފިޔަވަތީގެ 90 ކުދިންގެ އިތުރުން އެކުދިންގެ ބެލެހެއްޓުންތެރިންވެސް ބައިވެރިވިކަމަށް އެޗްޑީސީން ބުނެއެވެ.

މިހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ދެވިފައިވާނެކަމުގައާއި އެކުދިންގެ ފަރާތުން އެޗް ޑީ ސީގެ ޓީމުގެ މަސައްކަތް ބަލައިގަނެ އުފާވެރިކަމުގެ ޝުއޫރުތަކެއްވަނީ ފާޅުކޮށްފައެވެ.

އެޗް ޑީ ސީގެ ފަރާތުން ފިޔަވަތީގެ ލޮބުވެތި ދަރިންގެ ހިނުތުންވުމަށްޓަކައި އެފަދަ ހަރަކާތްތަކެއް އަބަދުވެސް ބާއްވާނެކަމުގައި އެޗް ޑީ ސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް