ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވެމްކޯއިން އެދިއްޖެ

ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ވެމްކޯއިން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު އެ ކޯޕަރޭޝަނާއި މާލެސިޓީ ކައުންސިލާއި ދެމެދު ފަސްއަހަރު ދުވަހުގެ މ...

31 Dec 2022 | 12:42

ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު އެ ކޯޕަރޭޝަނާއި މާލެސިޓީ ކައުންސިލާއި ދެމެދު ފަސްއަހަރު ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުން 25 ޑިސެމްބަރ 2022 ވަނަ ދުވަހަށް ހަމަވެފައިވާތީވެ އެއްބަސްވުން އާ ނުކުރުމާއި ގުޅިގެން އެ ހިދުމަތް ހުއްޓާލައިފައިވާތާ ވަނީ ފަސްދުވަސް ވެފައެވެ.

ވެމްކޯއިން ބުނީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށެވެ.

އަދި އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެންވައިރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާގެ އިރުޝާދުގެ ދަށުން ވެމްކޯއިން ވަނީ އިއްޔެ މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވެމްކޯއިން ވަނީ އެ ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތަކުން މަގުމައްޗައް ކުނި ނުނެރުމަށާއި، ވެމްކޯގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ވެމްކޯއިން ވަނީ މާލެތެރެ ސާފުކޮށް ބޭއްވުމަށް އާންމުންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް