ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭގައި އެކަނިވެސް 16 ޑްރޯން ހަމަލާއެއް ދީފިއެވެ.
މި ހާދިސާގައި ހަތަރު މީހެއްގެ ފުރާނަ ގޮސްފައިވާނެކަމަށާއި ހަ މީހަކަށް ޒަހަމްތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ޔުކްރެއިންގެ އިދާރީ އިމާރާތަކަށް ޓާރގްޓްކޮށް ދިން ހަމަލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
ރަޝިޔާއިން ޔުކްރެއިންއަށް ޑްރޯންގައި ބޮން ހަރުކޮށްގެން ދޭ ހަމަލާތަކުގައި ބޭނުންކުރާ ޑްރޯންތަކަކީ އިރާނުގެ އުފެއްދުންތަކެއްކަމުގައި ޔުކްރެއިނުން ހާމަކުރެއެވެ. އަދިހަމަލާތައް އައިސްފައިވަނީ އެކި ދިމާލުން އެކި ބާރުމިނުގައިކަމާއި ޔުކްރެއިންގެ ވައިގެ އަސްކަރިއްޔާ ނެތްނަމަ މިހަމަލާތަކުން ތަހައްމަލު ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއްލިބޭނެކަމަށްވެސް ޔޫކްރޭނުން ބުނެއެވެ.
ޔުކްރެއިންގެ މައި ރަށް ކަމުގައިވާ ކީވްގެ ރައްޔިތުން މިހަމަލާ ސިފަކޮށްފައިވަނީ ޑްރޯންތަކުގެ ރާޅެއްގެ ގޮތުގައެވެ. އަދި ޔުކްރެއިންގެ ފަރާތުން ޔޫރަޕްގެ އެކި ގައުމުތަކުން ސަލާމަތީހަތިޔާރުތަކަށް އެދެމުންދާކަމުގައިވެސް ރިޕޯޓްތަކުގައިވެއެވެ.
ރަޝިޔާއާއިން ޔުކްރެއިނަށް މިހާރު ދެމުންދާ ހަމަލާތަކަކީ 2022ގެ ފެބްރުއަރީ މަހުން ފެށިގެންރަޝިޔާއިން ފެށި ހަގުރާމައިގެ ދަށުން ދެމުންދާ ހަމަލާތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް