ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަސާސްގެ ގެ ނަމުގައި ޑިޖިޓަލް ފޮތެއް އިފްތިތާހުކޮށްފި

‘ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަބް ފަންސާސް’ ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރި މުނާސަބާގައި ޓޫރިޒަމް މިނިސްޓްރީ އިން އީ-ބުކް(ޑިޖިޓަލް ފޮތެއް) އިފްތިތާހު ކޮށްފ...

31 Dec 2022 | 05:59

‘ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަބް ފަންސާސް’ ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރި މުނާސަބާގައި ޓޫރިޒަމް މިނިސްޓްރީ އިން އީ-ބުކް(ޑިޖިޓަލް ފޮތެއް) އިފްތިތާހު ކޮށްފިއެވެ.

މައިޒާން އުމަރު މަނިކު އިފްތިތާހު ކޮށްދެއްވި މިފޮތަކީ 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތާރަފްވި ހިސާބުން ފެށިގެން ފާއިތުވި 50 އަހަރުތެރޭގައި ފަތުރުވެރިކަން ފެށިސިނާއަތަށް ލިބިފައިވާ ކުރިއެރުންތަކުގެ އިތުރުން ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޙިތާބެއް އެކުކެވޭގޮތަށް ޓޫރިޒަމް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާއީ-ފޮތެކެވެ.

ފަތުރުވެރި ކަމުގެ ރަންފަންސާސް ރާއްޖެއިން މިއަހަރު ފާހަގަކުރިއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ވޯލްޑްސް ލީޑިންޑެސްޓިނޭޝަންސް ގެ އެވޯޑް ތިން ފަހަރު ރާއްޖެއަށް ލިބިފައިވާއިރު މިއަހަރަށް އަހަރަށް ސަރުކާރުން ޓާރގެޓް ކުރި 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށްތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް