ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން

ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަނީ ޢުމުރުން 21 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އޭނާ ބޯވަ ނަގަން ފޭބީ ކ. ގުޅިފަޅު ކައިރިއަށް ކަމަށެވެ. އެ...

31 Dec 2021 | 06:30

ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަނީ ޢުމުރުން 21 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އޭނާ ބޯވަ ނަގަން ފޭބީ ކ. ގުޅިފަޅު ކައިރިއަށް ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 08:58 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

ގެއްލިގެން ހޯދަމުންދާ މީހާ އެންމެފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް