ޝްރުތީ ލޯބިވެރިންނާ ރުޅިވި އަދަދު ބުނެދޭން ދެކޮޅު ހަދައިފި

ބޮލީވުޑްގެ ބަތަލާ ޝްރުތީ ހަސަން ލޯބިވެރިންނާއި ރުޅިވި އަދަދު ބުނެދޭން ދެކޮޅު ހަދައިފި އެވެ. ޝްރުތީ އިންސްޓަގްރާމްގައި ސަޕޯޓަރުންނާއި ވާހަކަ ދައްކާލުމުގެ ގޮތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާ...

31 Dec 2021 | 04:44

ބޮލީވުޑްގެ ބަތަލާ ޝްރުތީ ހަސަން ލޯބިވެރިންނާއި ރުޅިވި އަދަދު ބުނެދޭން ދެކޮޅު ހަދައިފި އެވެ.

ޝްރުތީ އިންސްޓަގްރާމްގައި ސަޕޯޓަރުންނާއި ވާހަކަ ދައްކާލުމުގެ ގޮތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލުމުން ފިރިހެނަކު ކޮށްފައިވާ ސުވާލަކީ ކިތައް މީހުންނާއި ރުޅިވެއްޖައިންތޯއެވެ. އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލު އޭނާ ވަނީ މުޅިން އެކޮޅުކޮށް ސުވާލު ޖަހައި ބޭކާރު ވާހަކަތަކެއް ލިޔެފަ އެވެ.

ޖަވާބު ދިނުމުގެ ބަދަލު ސުވާލު ކުރި ފިރިހެން މީހާކައިރީ ޝްރުތީ ބުނެފައިވަނީ އޭނާ ކިތަން އަންހެނުންނާއި ރުޅިވެއްޖައިންތޯއެވެ. ދެން ބުނެފައިވަނީ އެ ފިރިހެން މީހާ ރުޅިވީ އެކެއް ނޫނީ އެއްބައި އަންހެނުންނާއި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ދެން ދީފައިވަނީ ރީި ހިނިތުންވުމެކެވެ.

އެ ސުވާލުގެ ޖަވާބު އޭނާ ސީދާ ދީފައެއް ނުވެ އެވެ. އޭނާ ލޯބިވެރިޔަކީ ކާކުކަން ހާމަ ކުރީ ކީއްވެތޯ ސުވާލު ކުރުމުން ޝްރުތީ ބުނެފައިވަނީ މާ ގިނަ ދުވަހު ހުހަށް ހުރި ކަމަށް ބުނުން އަމިއްލައަށް ލަދު ގަންނަ ވާހަކައަކަށް ވީ ކަމަށާއި ލޯބިއެރިއަކު ނުހުރޭ މީޑިއާގައި ބުނުމަކީ ބައިވެރިޔާއަށް އިހުތިރާމް ކުޑަކުރުން ކަމަށްވެސް ގަބޫލު ކުރެވުނީ ކަމަށެވެ.

ޝްރުތީގެ ލޯބިވެރިޔަކީ ސަންޓަނު ހަޒަރިކާ އެވެ. ދެމީހުންގެ ލޯބީގެ ވާހަކަތައް މީގެ މަހެއްހާ ދުވަސް ކުރިން ޝްރުތީ ވަނީ މީޑިއާގައި ހިއްސާކޮށްފަ އެވެ.

އޭގެ ކުރިން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މިޝައިލް ކޯސޭލް އާއި އެވެ. ދެމީހުން 2019 ވަނަ އަހަރު ރުޅިވި ފަހުން ދިން އިންޓަވިއުއެއްގައި ޝްރުތީ ބުނެފައިވަނީ އޭނާ އަކީ މާ ކަންކަމުގައި ނުހިފާ ލޯބީގެ ގުޅުމުގައި ބަސް އަހައިގެން ހުންނަ މީހަކަށް ވާތީ ލަނޑެއް ލިބުނީ ކަމަށެވެ.

ޝްރުތީ ބުނީ މިޝައިލް އޭނާ އާއި ރުޅިވުމަކީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ.

ޝްރުތީ އަކީ މަޝްހޫރު އެކްޓަރު ކަމާލް ހަސަން އާއި އޭނާގެ ކުރީގެ އަންހެނުން ސަރިކާގެ ދަރިއެކެވެ. ޝްރުތީ އެންމެ ފަހުން ފެނިގެން ދިޔައީ ތަމަޅަ ފިލްމެއް ކަމަށްވާ "ލާމަން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް