މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 85 މިލިއަން ރުފިޔާ، މިއީ ރެކޯޑެއް

މިއަހަރަކީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރަނާއި ރިހީގެ އިތުރުން ގޮވާމާއި ވި...

31 Dec 2021 | 04:20

މިއަހަރަކީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރަނާއި ރިހީގެ އިތުރުން ގޮވާމާއި ވިޔަފާރި މުދަލުންނެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ވިޔަފާޜިވެރިން 85 މިލިއަން ރުފިޔާ އެ މިނިސްޓްރީއަށް ދައްކާފައިވާ ކަމަށެވެ. ޑރ. ޒާހިރު ވިދާޅުވީ މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށެވެ.

މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ފިތުރު ޒަކާތާއި އަޅާ ބަލާއިރު މުދަލު ޒަކާތް ދައްކަން މީހުން ސަމާލުކަން ނުދޭކަން މިނިސްޓްރީން ފާހަގަކޮށްފައި ވަނިކޮށެވެ. އަދި މިނިސްޓްރީން ވަނީ މިދިޔަ އަހަރުން ފެށިގެން މުދަލު ޒަކާތް ދެއްކުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

https://twitter.com/AhmedZahirAli/status/1476562390585991169

މުދަލު ޒަކާތް ފަގީރުންނަށް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ދަނީ މުދަލުގެ ޒަކާތް ކައުންސިލްތައް މެދުވެރިކޮށް ބަހަމުންނެވެ. ފަގީރުންގެ ދަފްތަރުގައި މިހާރު 16،000 އެއްހާ މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް