ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނަވަނީ

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އޭނާ ރާއްޖެ ވަޑައިގެންނަވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. މިއީ މިސަރުކާރު ވެރި...

31 Dec 2021 | 03:59

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އޭނާ ރާއްޖެ ވަޑައިގެންނަވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. މިއީ މިސަރުކާރު ވެރިކަމަށް އައި ފަހުން ޗައިނާގެ އިސްވެރިއަކު ރާއްޖެ ވަޑައިގެންނަވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަންގް ގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މަޝްވަރާތަކުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭއިރު އެގައުމުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކޮވިޑްގެ ތެރޭގައި ބަލިން ރައްކާތެރިވުމަށް އެގައުމުން އުފެއްދި ވެކްސިންގެ އިތުރުން ފްރޮންޓްލައިން މަސައްކަތްކުރާ މުވައްޒަފުންނަަށް ބޭނުންވާނެ ސިއްހީ ގިނަ ސާމާނު އެގައުމުން ފޯރުކޮށްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް