މޫސުން ގޯސްވެ ޓަމިލް ނާޑޫގެ ހަތަރު ސިޓީއަކަށް ރަތް އެލާޓު ނެރެފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތަރު ސިޓީއަކަށް ރަތް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީ، ތި...

31 Dec 2021 | 03:48

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހަތަރު ސިޓީއަކަށް ރަތް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީ، ތިރުވައްލޫރް، ކާންޗީޕޫރަމް އަދި ޗެންގަލްޕެއްޓޫ އަށެވެ. އެ ހަތަރު ސިޓީގެ ކޮލެޖް، ޔުނިވާސިޓީތަކާއި، ސްކޫލްތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.

މިހާތަނަށް ދެ މީހުން ވިއްސާރައިގަ ޓަމިލް ނާޑޫން މަރުވެފައި އެވެ. އެމީހުން މަރުވީ ފެނުގެ ތެރެއިން ކަރަންޓުގައި ޖެހިގެން ކަމަށްވެ އެވެ.

ރަތް އެ ލަޓު ނެރެފައިވާ ސިޓީތަކުގައި ބިމު އަޑިން މަގު ހުރަސް ކުރުމަށް ހަދާފައިވާ ހަތަރު ސަބްވޭއެއް ވަނީ ފެންބޮޑުވެ ބޭނުން ނުކުރެވިގެން ބަންދުކޮށްފަ އެވެ.

ކުރިޔަށް އޮތް ދެ ދުވަހުވެސް އެ ސްޓޭޓްގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މީޓްރޮލޮޖިކަލް ޑިޕާޓްމެންޓުން ހާމަ ކުރެ އެވެ. ޓަމިލް ނާޑޫއަށް މޫސުން ގޯސްވެފައިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް