ދިރާގުގެ މިއަހަރުގެ ފަހު ޕްރޮމޯޝަން: މަޖާކަމެއްގެ ފޮޓޯ އެއް ނަގާފައި އިންސްޓަގްރާމް ކޮށްލާ

މިއަހަރުގެ ފަހު ޕްރޮމޯޝަނެއްގެ ގޮތުން ދިރާގުން އިންސްޓަގްރާމް ޕްރޮމޯޝަނެއް ފަށައިފިއެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އާ އަހަރުގެ ބަންދުގައި ކޮށްލާ ކޮންމެވެސް މަޖާކަމެއްގެ ފޮޓޯއެއް ނެގުމަށްފަހު @D...

31 Dec 2015 | 09:51

މިއަހަރުގެ ފަހު ޕްރޮމޯޝަނެއްގެ ގޮތުން ދިރާގުން އިންސްޓަގްރާމް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އާ އަހަރުގެ ބަންދުގައި ކޮށްލާ ކޮންމެވެސް މަޖާކަމެއްގެ ފޮޓޯއެއް ނެގުމަށްފަހު @Dhiraagu  ޓެގް ކުރުމަށްފަހު #DhiraaguHolidayFun ހޭޝްޓެގާއި އެކު ޕޯސްޓްކޮށްލުމުން މި ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ. އާ އަހަރާއި ގުޅުވައިގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަނާއި ބެހޭގޮތުން ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ، އިންސްޓަގްރާމް ފަދަ ޒުވާނުންގެ މެދުގައި ހިނގާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް އެ ޕްރޮމޯޝަން ފެށުމަކީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

'ދިރާގުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކާއި ޕްރޮޟޯޝަންސްތަކާކީ އެކުދިންނާއި ގުޅޭ، ޒަމާނީ ކަންކަމަށް ހެދޭތޯ އަޅުގަނޑމެން ވަރަށް ބޮޑަށް މަސައްކަތްކުރަން" އިމްޖާދު ވިދާޅުވިއެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަށް ޒުވާނުންނާއި ގުޅުންހުރި ވަރަށް އަގުހުރި ހަދިޔާއެއް ދިރާގުގެ ފަރާތުން ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޯމަވާ ދުވަހުގެ ރޭ 12:59 އަކާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް