ރައީސް ދަތުރުކުރައްވަން އޮތް ފްލައިޓުން ފަސް މީހަކު ހައްޔަރުކޮށްފި، ދަތުރުފުޅު ފަސް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން މިއަދު ތައިލެންޑަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިއޮތް ފްލައިޓުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮ...

31 Dec 2015 | 09:14

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން މިއަދު ތައިލެންޑަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިއޮތް ފްލައިޓުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފަސްމީހަކު ހައްޔަރުކޮށްފައިވަނީ އެމީހުން ދެއްކި ވާހަކައަކާއި ގުޅިގެންނެވެ. ހައްޔަރުކޮށްފައިވަނީ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަރުބީ"ގެ ފަސް މެމްބަރުން ކަމަށާއި އޭގެ ތެރޭގައި އެ ގްރޫޕްގެ ލީޑް ސިންގަރު އިބްރާޙިމް މަމްދޫހް (މަންޑޭ) ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ފްލައިޓް ފުރަން އޮތީ މިއަދު 12:40 ގަ އެވެ. ރައީސް ގެ ދެ ކަނބަލުން ފުރާވަޑައިގެންފި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓަށް ހަބަރުވެސް އެރުވި އެވެ. އެހެންނަމަވެސް ރައީސްގެ ދެ ކަނބަލުންގެ ދަތުރުފުޅު މިހާރު ފަސްކުރައްވާފައިވާކަމުގެ މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް