ވިލިމާލެއާއި ގުޅީފަޅާ ދެމެދު އަޅަމުން އަންނަ ބްރިޖުގެ އެންމެ ފަހު ބައި އިއްޔެ އިންސްޓޯލްކޮށް ދެ ރަށް ގުޅާލައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ކުރެއްވި ޓްވީޓެއްގައި މި ކާމިޔާބީ ފާހަގަކުރައްވައި، މަޝްރޫއު ކުރިއަށް ގެންދާ އެފްކޮންސް އާއި އެރަޕް އަދި ހައުސިން މިނިސްޓްރީގެ ޓީމަށް މަރުހަބާ ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށާއި މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއްގެ ތެރެއިން ރާއްޖޭގެ އުމްރާނީ ތަރައްގީގައި ބައިވެރިވުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށެވެ. އެ ޓްވީޓުގައި ބުނެފައިވާ ގޮތުގައި މި އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.
ބްރިޖުގެ ހުރިހާ ސެގްމެންޓެއް ގުޅާލެވުމާ އެކު، ދެން ކުރިއަށް ދާނީ ބްރިޖު ފުރިހަމަކޮށް ބޭނުންކުރެވޭ ހާލަތަށް ގެނައުމުގެ މަރުހަލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް