ޔޫއޭއީ އާއި ދިވެހި ޕްރައިވެޓް ސެކްޓަރާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޔޫއޭއީގެ ޝާޒޭ ދެއެފޭރު ދަ ހޯކްސްގެ ސީއީއޯއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމެންޓާއި ޕާޓްނާޝިޕް ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

31 Oct 2026 | 05:35
ޔޫއޭއީ އާއި ދިވެހި ޕްރައިވެޓް ސެކްޓަރާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޒޭ ދެއެފޭރު ހެބާ އަލްޖުނޮބީ، ރާއްޖޭގެ ހަކަތައާއި ލޮޖިސްޓިކްސް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު ހަސަން ރިފާއު އާއި ބައްދަލުކުރައްވައިފިއެވެ.

ޔޫއޭއީގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ޔޫއޭއީ އާއި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އެގޮތުން އިންވެސްޓްމެންޓާއި ޕާޓްނާޝިޕް ފުރުސަތުތައް ދެނެގަތުމާއި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ.

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުންޏެއް ކަމާއި އެ ކުންފުންޏަކީ ހަކަތައާއި ލޮޖިސްޓިކްސް ދާއިރާގައި ރާއްޖޭގެ ކުރީ ސަފުގައި ހިދުމަތް ފޯރުކޮށްދޭ ސަޕްލަޔަރެއްކަން ޔޫއޭއީގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް