ރާއްޖެއަށް ރަން އެތެރެކުރި މުހައްމަދު މުހައްމަދު ސްލައިމްހާނަށް އެއް އަހަރުގެ ޖަލު ހުކުމެއް

ރާއްޖެއަށް ސިއްރުން ރަން އެތެރެކުރިކަމުގެ ތުހުމަތުގައި ސްރީލަންކާ ރައްޔިތަކަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމް އިއްވާފައިވަނީ މުޙައްމަދު މުޙައްމަދު ސުލައިމްޚާން ނަމަކަށްކި...

31 Oct 2025 | 10:42
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ރާއްޖެއަށް ސިއްރުން ރަން އެތެރެކުރިކަމުގެ

ތުހުމަތުގައި ސްރީލަންކާ ރައްޔިތަކަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް

އިއްވައިފިއެވެ.

މި ހުކުމް އިއްވާފައިވަނީ މުޙައްމަދު މުޙައްމަދު

ސުލައިމްޚާން ނަމަކަށްކިޔާ ލަންކާ ރައްޔިތެއްގެ މައްޗަށެވެ.

މިދިޔަ އަންގާރަ ދުވަހު އިއްވި އެ ހުކުމުގައި

ބުނެފައިވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ، ޝަރީއަތުން

ބެލި ބެލުމުން، އޭނާ އިންކާރު ކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް ޝައްކެއް

ނެތް މިންވަރަށް ސާބިތުވާކަމަށެވެ.

ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އެއް އަހަރުގެ

ޖަލު ހުކުމެއްގެ އިތުރުން އެ މުދާ (ރަން) ކަސްޓަމްސް އަށް ނެގުމަށްވެސް އެ

ހުކުމުގައި އަންގާފައިވެއެވެ.

އެ މައްސަލައަކީ 20 ޑިސެމްބަރު 2023 ގައި

ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް

ބަލާއިރު އެ މައްސަލައަކީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ދުބާއީ އިން ރާއްޖެ އައި

އިރު އޭނާ ބަލާ ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖީންސްގެ ދެ ޖީބަކުންނާއި

ބޮކްސާގެ ތެރެއިން ފެނުނު ޕެކެޓުތަކެއްގައި 2282 ގްރާމް ރަން ޕޭސްޓް ސިއްރުން

ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް