ރާއްޖެ ލަންކާ ދެމެދު ވިޔަފާރި ފެރީގެ ނިޒާމެއް ގާއިމު ކުރަނީ !

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ވިޔަފާރި ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް އެބަ ދާކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. ރާއްޖެ އަދި ލަންކާގެ ބައެއް އޮފިޝަލް މަ...

31 Oct 2025 | 06:25
ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ވިޔަފާރި ފެރީގެ

ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް އެބަ ދާކަމަށް ލަންކާގެ

މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ރާއްޖެ އަދި ލަންކާގެ ބައެއް އޮފިޝަލް މަސްދަރުތަކާ

ހަވާލާދީ ލަންކާ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ކަމުގެ ވާހަކަ އެންމެ ފުރަތަމަ

ދެކެވުނީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އަދި މި

އަހަރުގެ ފަހުކޮޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި

މި ކަމުގެ އެއްބަސްވުމަކާއި ހަމައަށް ދިއުމުގެ ފުރުޞަތު ބޮޑުކަމަށް

ރިޕޯޓްކޮށްފައިވެއެވެ.

މި ފެރީގެ ޚިދުމަތް ފެށުމުން ރާއްޖެއަށް ލަންކާ މުދާ

އެކްސްޕޯޓް ކުރުމަށް އަވަސް ފަހި ހައްލެއް ލިބިގެންދާނެކަމުގައި އެ މީޑިއާ

ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގެ މަސްދަރަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން

ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް މުޢިއްޒު މި އަހަރުގެ ފަހުކޮޅު ލަންކާއަށް

ވަޑައިގަންނަވާނެއެވެ. ނަމަވެސް އަދި ވަކި ތާރީހެއް ފައިނަލް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް