އިންޑިއާގައި ތަފާތު ހާދިސާއެއް: ދަރިވަރުންތަކެއް ސްޓޫޑިއޯއަކަށް ގެންގޮސް ރަހީނުކުރި – ނިމުނީ ރޯހިތު މަރުވެގެން !

މިއީ އަވަށްޓެރި އިންޑިއާގެ މުމްބާއީގައި އިއްޔެ ހިނގި ވަރަށް ތަފާތު ހާދިސާއެއްގެ ވާހަކައެވެ. ދުވަހުގެ ކިޔުންތެރީންނަށް ސުވާލެއް ނުއުފެދޭ ވަރަށް ކަން ހިނގިގޮތް ގެނެސްދެވޭތޯ އަހަރެމެން މި ލިޔުމުން މަސައް...

31 Oct 2025 | 05:59
ރޯހިތު އާރްޔާ އަދި އެ ސްޓޫޑިއޯ -

ރޯހިތު އާރްޔާ އަދި އެ ސްޓޫޑިއޯ -

މިއީ އަވަށްޓެރި އިންޑިއާގެ މުމްބާއީގައި އިއްޔެ

ހިނގި ވަރަށް ތަފާތު ހާދިސާއެއްގެ ވާހަކައެވެ.

ދުވަހުގެ ކިޔުންތެރީންނަށް ސުވާލެއް ނުއުފެދޭ ވަރަށް

ކަން ހިނގިގޮތް ގެނެސްދެވޭތޯ އަހަރެމެން މި ލިޔުމުން މަސައްކަތް ކުރާނަމުއެވެ.

ރާއްޖޭ ގަޑީން ބަލަނީނަމަ އިއްޔެ މެންދުރު 12:45

ހާއިރު މުމްބާއި ފުލުހުންނަށް ލިބުނު ފޯނު ކޯލެއްގައި ބުނަނީ މުމްބާއީގެ އިމާރާތެއްގައި

ގާއިމުކޮށްފައިވާ ސްޓޫޑިއޯއެއްގައި ބަޔަކު ރަހީނުކޮށްފައިވާކަމުގެ ވާހަކައެވެ.

ޝިކާރައަކަށްވީ މުމްބާއީގެ ޕްރައިވެޓް ސްކޫލެއްގެ

ދަރިވަރުންތަކެކެވެ. އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ އެ ދަރިވަރުން

އާރް އޭ ނަމަކަށްކިޔާ އެ ސްޓޫޑިއޯއަށް ދިޔައީ ބޮޑު ވެބް ސީރީޒްއެއްގެ

އޯޑިއަންސަކަށް ކަމަށެވެ. ރަހީނުވި މީހުންގެ ތެރޭގައި 17 ދަރިވަރަކާއި ދަރިވަރެއްގެ

މާމައާއި އެ ސްޓޫޑިއޯގެ މުވައްޒަފަކު ހިމެނެއެވެ.

ކުށުގެ މި ޢަމަލު ހިންގީ  50 އަހަރުގެ ރޯހިތު އާރްޔާ ނަމަކަށް ކިޔާ

މީހެކެވެ. މަހަރަޝްޓްރާގެ ޕޫނޭއަށް ނިސްބަތްވާ އެ މީހާއަކީ ސްކޫލުތަކުގައި

ސާފުތާހިރުކަމާއި ގުޅޭ ކެމްޕޭނުތައް ހިންގުމުގައި ކުރިން އުޅެމުންދިޔަ ފަރާތެކެވެ.

ރޯހިތުގެ ރޭވުމެއްގެ ތެރެއިން އެ ދަރިވަރުން އެ ސްޓޫޑިއޯއަށް ގެންގޮސް އެ ކުދިން

ރަހީނުކުރީ މަހަރަޝްޓްރަ ސްކޫލުތަކުގައި ހިންގި އެ ޕްރޮޖެކްޓްތަކުގެ ފައިސާ ނުލިބިވާތީ

އެކަމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފައިސާ ހޯދުމަށް ރޯހިތު ރޭވި ރޭވުމަކީ ސްޓޫޑިއޯއެއް

ގާއިމުކޮށް އޮންލައިން ކެމްޕޭނު ތަކެއްގައި އެ ސްޓޫޑިއޯއަށް މީހުންގެ މަގުބޫލުކަން

ހޯދައި އޯޑިއެންސަކަށް ކަމަށްބުނެ ދަރިވަރުންތަކެއް އެ ސްޓޫޑިއޯއަށް ގެންގޮސް

ރަހީނު ކުރުމެވެ.

ހާދިސާ ހިނގާދިޔަގޮތަށް ބަލާއިރު ރާއްޖޭ ގަޑިން

ބަލަނީ ނަމަ އިއްޔެ މެންދުރު 01:30 ހާއިރު ރޯހިތު ވީޑިއޯއެއް އާންމު ކުރިއެވެ. އެ

ވީޑިއޯގައި ރޯހިތު ބުނަނީ އޭނާ ބޭނުންވަނީ ވަކި ޙާއްޞަ ބަޔަކާއި މުޢާމަލާތް

ކުރެވޭނެ ގޮތް ވުން (ލިބެންޖެހޭ ފައިސާގެ ކަންތަކުގައި) ކަމަށާއި އެ ނޫން މަގަކުން

ކަން ހިނގާނަމަ ކުދިންނަށް އަނިޔާ ކުރާނެ ކަމަށެވެ. އޭނާ ގެންގުޅުނުކަމަށް ވަނީ

ވަޒަން ލެއްވޭ ބަޑިއެއްގެ ބަދަލުގައި ރޭޒާ ފުށް ލައްވާ ޒާތުގެ ވައި ބަޑިއެކެވެ.

ފުލުހުންނާއި އާރްޔާ އާއި ދެމެދު ދެ ގަޑިއިރުގެ މަޝްވަރާތައް

ކުރިއަށްދިޔައެވެ. އެއަށްފަހު މެންދުރު 2:45 ހާއިރު ދޮރު ވައްޓާލައި އެ

ސްޓޫޑިއޯއަށް ފުލުހުން ވަދެގަތެވެ. އަދި ކުރިމަތިލުމުގައި ރޯހިތުގެ ގަޔަށް ފުލުހުން

ބަޑިޖަހައި ރަހީނު ކުރުމުގެ ޝިކާރައަކަށް ވެފައި ތިބި 17 ކުދީންނާއި އުމުރުން 75

އަހަރުގެ އަންހެނަކާއި އެ ސްޓޫޑިއޯގެ މުވައްޒަފު ސަލާމަތް ކުރިއެވެ.

ރޯހިތު މަރުވީ ފުލުހުން ދިން ހަމަލައަށް

ފަރުވާދެމުންދަނިކޮށް އެ ސަރަހައްދުގެ ހަސްތަފާލެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް