ދަޅަދައްކައިގެން މީހަކު ގެއަކަށް ގެންގޮސް ފޭރުނު އަންހެނަކު ހައްޔަރު

ދަޅަދައްކައިގެން ބިދޭސީއަކު ގެއަކަށްގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، މއ. ފޯޗިއުން، އުމުރުން 37 އަހަރުގެ ފާތ...

31 Oct 2024 | 14:51

ދަޅަދައްކައިގެން ބިދޭސީއަކު ގެއަކަށްގެންގޮސް ފޭރުނު އަންހެނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، މއ. ފޯޗިއުން، އުމުރުން 37 އަހަރުގެ ފާތިމަތު އަލީއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ބަންގްލަދޭޝް ރައްޔިތަކަށް އޮޅުވާޅައިގެން ގެއަކަށް ގެންގޮސް، ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއްގައެވެ.

މި މައްސަލައިގާ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ހަމަ މި މައްސަލައިގާ ދިވެހި ފިރިހެނަކު ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފިރިހެން މީހާއަކީ އެ އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް