އިންޑިއަން އައިޑަލް 15 ފަށައިފި، ޖަޖުންގެ ގޮތުގައި ޝްރެޔާއާއި ވިޝާލް އަދި ބާދްޝާހް

އިންޑިއާގައި މަޝްހޫރު ލަވަކިޔުމުގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "އިންޑިއަން އައިޑަލް"ގެ 15 ވަނަ ސީޒަން ފަށައިގެން ކުރިއަށް އެބަދެ އެވެ. އެގޮތުން މި ފަހަރު ވެސް އޮޑިޝަން ބުރާއި ތިއޭޓަރު ބުރުން ފާސްވެގެން ޝ...

31 Oct 2024 | 13:09

އިންޑިއާގައި މަޝްހޫރު ލަވަކިޔުމުގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "އިންޑިއަން އައިޑަލް"ގެ 15 ވަނަ ސީޒަން ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެގޮތުން މި ފަހަރު ވެސް އޮޑިޝަން ބުރާއި ތިއޭޓަރު ބުރުން ފާސްވެގެން ޝޯގެ ގާލާ ރައުންޑަށް ކޮލިފައިވާނީ 12 ލަވަކިޔުންތެރިންނެވެ.

ޝޯގެ މި ސީޒަން ވެސް ހުށައަޅައިދޭނީ އަދިތުޔަ ނަރާޔަން އެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ބާދްޝާހްގެ އިތުރުން ޝްރެޔާ ގޯޝަލް އަދި ވިޝާލް ދަދްލާނީއެވެ.

އިންޑިއަން އައިޑަލްއަކީ ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ގިނަ ލަވަކިޔުންތެރިންތަކެއް އުފެއްދި ޝޯއެކެވެ. އޭގެ ތެރޭގައި އަބީޖީތު ސާވަންތު، ރިޝީ ސިންހް އަދި ސަލްމާން އަލީ ފަދަ ތަރިން ހިމެނެ އެވެ.

އިންޑިއަން އައިޑަލް ސީޒަން 15ގެ އާ އެޕިސޯޑުތައް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ 20:30 ން ފެށިގެން މީޑިއާނެޓްގެ ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޝަން ޗެނަލުން ދުރަށް ދައްކާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް