ބޮލީވުޑް ބަތޮލާ ކަރީނާ ކަޕޫރް ހުރީ ރާއްޖޭގައިކަން އަންގާލައިފިއެވެ.
މިކަން ކަރީނާ އަންގާލާފައިވަނީ 13 މިލިޔަން ތަބާރުން ތިބި އޭނާގެ އިންސްޓްގަރާމް އެކައުންޓުގައެވެ.
އެގޮތުން ރަތް ހެދުމެއްގައި ރަތް ތޮތްޕެއް އަޅައިގެން އަދި އަވިއައިނެއްވެސް އަޅައިގެން ރާއްޖޭގެ ކޮންމެވެސް ރިސޯޓެއްގެ ގޮނޑުދޮށެއްގައި ހުއްޓިލައިގެންހުރި ފޮޓޯއެއް ކަރީނާ ވަނީ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކޮށްފައެވެ.
https://www.instagram.com/p/DBxjdLpIEzb/
ކަރީނާއާއި ސައިފް އަލީ ޚާން އާއި އެ ދެމަފިރިންގެ ދެ ދަރިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ބެލެވެއެވެ.
ރާއްޖޭގައި ހުރިކަން ކަރީނާ އަންގާލި ނަމަވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް