ޗައިނާއިން ޗިޕް ފާމަކަށް ދެ ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

ޗައިނާގެ ދައުލަތުގެ އެހީގައި ހިންގާ ޗިޕް އިންވެސްޓްމަންޓް ފަންޑުން ޗެންގްޝިން ޒިންކިއާއޯ ނަމަކަށް ކިޔާ މެމޮރީ ޗިޕް ކުންފުންޏެއްގައި 14.56 ބިލިއަން ޔުއާން (1.99 ބިލިއަން ޑޮލަރު) އިންވެސްޓްކޮށްފައިވާ ކަ...

31 Oct 2023 | 17:27

ޗައިނާގެ ދައުލަތުގެ އެހީގައި ހިންގާ ޗިޕް އިންވެސްޓްމަންޓް ފަންޑުން ޗެންގްޝިން ޒިންކިއާއޯ ނަމަކަށް ކިޔާ މެމޮރީ ޗިޕް ކުންފުންޏެއްގައި 14.56 ބިލިއަން ޔުއާން (1.99 ބިލިއަން ޑޮލަރު) އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.

ނޭޝަނަލް އެންޓަޕްރައިޒް ކްރެޑިޓް އިންފޮމޭޝަން ޕަބްލިސިޓީ ސިސްޓަމް (އެންއީސީއައިއެސް) އާ ބެހޭ ގޮތުން އެ ކުންފުނީގެ ރަޖިސްޓްރީގެ މައުލޫމާތުތަކަށް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ނެރުނު އަޕްޑޭޓެއްގައި ވާ ގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާ އިންޓަގްރޭޓެޑް ސާކިޓް އިންޑަސްޓްރީ އިންވެސްޓްމަންޓް ފަންޑު ނުވަތަ "ބިގް ފަންޑް" ގެ ނަމުން ނަން ދީފައިވާ ޗައިނާ އިންޓަގްރޭޓެޑް ސާކިޓް އިންޑަސްޓްރީ އިންވެސްޓްމަންޓް ފަންޑުން ވަނީ ޗަންގްޝިން ޒިންކިއާއޯގެ ޖުމްލަ ރަޖިސްޓްރީ ކެޕިޓަލްގެ 33.15 ޕަސެންޓް ހިއްސާކޮށްފަ އެވެ.

ކުންފުނީގެ ރަޖިސްޓްރޭޝަން ވެބްސައިޓް ކިޗާޗާގައި ވާގޮތުން ޗަންގްޝިން ޒިންކިއާއޯ އަކީ އިރުމަތީ އަންހުއީ ޕްރޮވިންސްގެ ހެފެއި ސިޓީގައި 2021 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކީ ޗައިނާގެ މަޝްހޫރު އެއް މެމޯރީ ޗިޕް ކުންފުނި ކަމަށްވާ ޗަންގްޝިން މެމޮރީ ޓެކްނޮލޮޖީސްގެ ޖެނެރަލް މެނޭޖަރު ޒާއޯ ލޫން އެވެ.

ދުނިޔޭގެ ނަންޑް މެމޮރީ މާކެޓުގައި ޗައިނާގެ ހަމައެކަނި ކުންފުނި ކަމަށްވާ ވައިއެމްޓީސީން އަންނަނީ ދައުލަތުގެ ސަބްސިޑީގެ އެހީގައި ޕްރޮޑަކްޝަން ކެޕޭސިޓީ އާއި އާރްއެންޑްޑީ ހަރުކަށިކޮށް ފުޅާކުރަމުންނެވެ. އެމެރިކާއިން 2022 ވަނަ އަހަރު ވައިއެމްޓީސީ ބްލެކްލިސްޓްކުރީ އެމެރިކާގެ ޓެކްނޮލޮޖީ ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް (އެޗްޑަބްލިއުޓީ) އަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ބިގް ފަންޑުން ޗަންގްޝިން ޒިންކިއާއޯގެ ކެޕިޓަލް ހޯދުމަކީ މިހާރު ތިބި އިންވެސްޓަރުން ކަމަށްވާ ޗަންގްޝިން ޒިނާން އާއި ހެފެއި ޒިންޔީ ބައިވެރިވެގެން، އެ މީހުންގެ ކެޕިޓަލް ކޮންޓްރިބިއުޝަން 10.4 ބިލިއަން ޔުއާން އަދި 14 ބިލިއަން ޔުއާން އިތުރުކޮށް، ރަޖިސްޓްރީކޮށްފައިވާ ކެޕިޓަލް އެކްސްޕެންޝަންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ނޭޝަނަލް އެންޓަޕްރައިޒް ކްރެޑިޓް އިންފޮމޭޝަން ޕަބްލިސިޓީ ސިސްޓަމްގެ އެންޓްރީތަކުން ދައްކާ ގޮތުގައި ހެފެއި ޒިންޔީއަކީ އަންހުއި ޕްރޮވިންސްގެ ސްޓޭޓް އެސެޓް ރެގިއުލޭޓާއާ ގުޅިފައިވާ އިންވެސްޓްމަންޓް ޕްލެޓްފޯމްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކުންފުންޏެކެވެ.

އެމެރިކާ، ޓައިވާން އަދި ދެކުނު ކޮރެއާއަށް ވުރެ ފަހަތަށް ޖެހިފައިވާ ކަމަށް ބެލެވޭ ސެމީކޮންޑަކްޓާ އިންޑަސްޓްރީ ހަލުވި ކުރުމުގެ ގޮތުން ޗައިނާއިން ބިގް ފަންޑު ތައާރަފްކުރީ 2014 ވަނަ އަހަރު އެވެ. އެ ޖަމިއްޔާގެ ފުރަތަމަ ފަންޑަށް 138.7 ބިލިއަން ޔުއާން އަދި ދެވަނަ ފަންޑަށް 204 ބިލިއަން ޔުއާން ހޯދާފައިވެ އެވެ.

ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓްކުރި ގޮތުގައި ބިގް ފަންޑުގެ އަމާޒަކީ އިތުރު ބުރުގައި ގާތްގަނޑަކަށް 40 ބިލިއަން ޑޮލަރު ހޯދުމެވެ.

ނަމަވެސް އެ ފަންޑުގެ ކުރީގެ ވެރިޔާގެ މައްސަލަ މިދިޔަ އަހަރު ވަނީ ތަހުގީގު ކުރަން ޖެހުނު ކޮރަޕްޝަންގެ މައްސަލައެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް