ޗައިނާގެ އިލެކްޓްރޯމެގްނެޓިކް ޕަލްސް (އީއެމްޕީ)ގެ ހަމަލާއެއް ދީފާނެ ކަމުގެ ކަންބޮޑުވުން ބޮޑުވަމުންދާތީ ޓައިވާނުން އެގައުމުގެ އަސްކަރީ މައި މަރުކަޒު ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައި ކަމަށް ފަހުގެ ރިޕޯޓްތައް ބުނެފި އެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ ދެބަސްވުންއުފެދިފައިވާ ޖަޒީރާ ގައުމުން ދަނީ ޗައިނާގެ އީއެމްޕީ ހަމަލާއެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމަށް އެގައުމުގެ އަސްކަރީ މަރުކަޒު ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކޮމްޕިއުޓަރ އަދި ކޮމްޕިއުޓިން ހާޑްވެއާ ޓެކްނޮލޮޖީއަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ނިއުކްލިއާ ފިޝަން ހަތިޔާރު ބޭނުން ނުކޮށް އާޓިފިޝަލްކޮށް އީއެމްޕީ އުފެއްދޭނެ ޑިވައިސްތައް ވަނީ ތައާރަފްކޮށްފަ އެވެ.
ޕެންޓަގަންގެ އެންމެ ފަހުގެ ޗައިނާ މިލިޓަރީ ޕަވާ ރިޕޯޓާއި ގުޅިގެން، ބެއިޖިންއިން ނިއުކްލިއާ ހަތިޔާރު 500 އަށް އިތުރުކުރަމުން އަންނަ ކަމަށް ބުނެފައި ވެ އެވެ. ޗައިނާ އާއި ޓައިވާން-އެމެރިކާއާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތައް ހުޅަނގު ޕެސިފިކް ސަރަހައްދުގައި ހިނގަމުންދާއިރު ޓައިޕޭ އާއި ބެއިޖިން އިން ވެސް ވަނީ ހަނގުރާމައަށް އެގައުމުގެ އަސްކަރިއްޔާތައް ތައްޔާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ޓައިވާނުގެ މި އަމަލުތަކުން ދައްކުވައިދެނީ މި ސަރަހައްދުގައި އިތުރުވަމުންދާ ނުތަނަވަސްކަމާއި އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އެ ގައުމުން ކުރާ އަޒުމެވެ. ފޯޓިފައިޑް މިލިޓަރީ ބޭސްގެ އަމާޒަކީ މިފަދަ މަތީ ފަންތީގެ ނުރައްކަލަކާ އެކުވެސް މުހިންމު މުވާސަލާތީ އަދި ދިފާއީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމެވެ.
މިފިޔަވަޅަކީ، މި ސަރަޙައްދުގައި އުފެދިފައިވާ ޖިއޮޕޮލިޓިކަލް މައްސަލަތަކާއި، ތަރައްޤީވަމުން އަންނަ އަދި އާދަޔާ ޚިލާފު ހަނގުރާމައިގެ ނުރައްކާތައް ކުރިމަތިވެފައިވާ ޒަމާނެއްގައި ޤައުމުތަކުގެ ސަލާމަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިޔަވަޅެކެވެ. މީގެ އިތުރުން އީއެމްޕީ ހަތިޔާރު ބޭނުންކޮށްގެން މުސްތަގުބަލުގައި ކުރިމަތިވެދާނެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް