ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް މުސްލިމް ގައުމުތަކުން ތެދުވުމަށް ހަމާސް ޖަމާއަތުން މިރޭވެސް ގޮވާލައިފިއެވެ.
ހަމާސްއިން މުސްލިމު އުންމަތަށް މިރޭ އަނެއްކާވެސް ގޮވާލާފައިމިވަނީ މިއަދު ހަވީރު އިޒްރޭލުން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަމަލާތަކެއް ދީ 100 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
ހަމާސް އިން މުސްލިމު ގައުމުތަކުގެ އެހީއަށް ގޮވާލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އިޒްރޭލުން ހަނގުރާމަ އިއުލާނުކުރި ފަހުން އަދި ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން އެތައް ފަހަރަކު އެކަމަށް ގޮވާލާފައިވެއެވެ.
އެހެން ނަމަވެސް އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރުން ފިޔަވައި މާ ބޮޑު ކަމެއް އަރަބި މުސްލިމުން ބޮޑެތި ގައުމުތަކުން ކުރާ މަންޒަރެއް ނުފެނެއެވެ.
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މަރުވި މުސްލިމުންގެ އަދަދު މިރޭ ވަނީ 8600 ހުރަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް