ޣައްޒާއަށް އެއްގަމު މަގުން ވަދެގަންނަން އިޒްރޭލު ފައުޖުތަކުން މަސައްކަތް ކުރަމުން އަންނައިރު ޣައްޒާގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަނގުރާމަވެރިންނާއި ހިނގި ކުރިމަތިލުންތަކެއްގައި އިޒްރޭލު ސިފައިންގެ ދެމީހަކު މަރާލައިފިއެވެ.
އިޒްރޭލުން މިރޭ ބުނެފައިވާގޮތުގައި މި ކުރިމަތިލުންތަކުގައި މަރުވެފައިވަނީ އުމުރުން 20 އަހަރުގެ ދެ ސާޖަންޓުންންވެ.
މި ދެމީހުން މަރުވިކަން މިހާރު އާއިލާއަށް އަންގާފައިވާކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިންގެ ދެމީހަކު މަރާލާފައިވާއިރު ޣައްޒާގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް އަދި އިސްލާމިކް ޖިހާދީންގެ ހަނގުރާމަވެރިން ބުނެފައިވާގޮތުގައި ބިމުގެ މަގުން އިޒްރޭލު ފައުޖުތައް ޣައްޒާއަށް ވަދެގަންނަން މަސައްކަތް ކުރަމުން އަންނައިރު އަދި އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އަދި ކާމިޔާބުވިޔަކަވެސް ނުދޭނެކަމަށް އެ ހަނގުރާމަވެރިން އަންނަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް